އީދުމަށި އަކީ ކޮބާ؟

މި ޕްލެޓްފޯމަކީ މިހާތަނަށް ރާއްޖޭގައި ދިވެހިބަހުން ނެރެފައިވާ ފުރަތަމަ އީކޮމާސް ޕްލެޓްފޯމެވެ.

އުފައްދާ ފަރާތާއި ގަންނަ ފަރާތް ގުޅުވާލުން

ކުރާ ކޮންމެ ވިޔަފާރިއަކުން ދިވެހި އުފެއްދުންތެރިއެއްގެ ކުރިއެރުމަށް އެހީވެވޭ

ސަގާފަތާއި ރަށްވެހިންނާއި އެމީހުންގެ އުފެއްދުންތައް އެެއްތަނަކުން

"އީދުމަށި" އަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައި.ޕީ.އެން.އެލް އެފް- މޯލްޑިވްސް) އިން އިސްނަގައިގެން, ޔޫ.އެން.ޑީ.ޕީ ގެ އޯޝަން އިނޮވޭޝަން ޗެލެންޖް އެހީގައި ރާއްޖޭގެ މަސްވެރިކަމުގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްގެން 2023 ގައި ލޯންޗްކޮށްގެން ހިންގާ އީ-ކޮމާސް ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމަކީ މިހާތަނަށް އީކޮމާސް ޕްލެޓްފޯމެއްގައި އެއްކޮށް ދިވެހިބަހުން ހިމެނޭ ވާރޝަން އަކާއިއެކު ރާއްޖޭގައި ނެރެފައިވާ ފުރަތަމަ އީކޮމާސް ޕްލެޓްފޯމެވެ. ރާއްޖޭގެ އަންހެނުން އުފައްދާ މަހުގެ ބާވަތްތައް އަދި އެހެނިހެން ކާބޯތަކެތި ފަސޭހައިން ދުރު މާރކެޓް ތަކަށް ފޯރުކޮށް އެތަކެތި ވިއްކައިގެން ލިބޭ އިގްތިޞާދީ ނަފާ އިތުރުކުރުމުގައި މަގްސަދުގައި ނެރުނު، އީދުމަށީގެ ދިވެހިބަހުގެ ވާރޝަން މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށް އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް ދިމާވާ ގޮންޖެހުންތައް ނައްތާލެވި، ޑިޖިޓަލް ޓްރޭޑުގެ އެހީގައި ލިބޭ ފައިދާތައް މި އުފެއްދުންތެރިންނަށް ލިބިގެންދެއެވެ.

edhumashi
edhumashi
edhumashi

މަސްހިއްކުމަށް ދިވެހިން ބޭނުންކުރާ ދުމަށްޓަކީ ޒަމާނުއްސުރެ ވަޅޯ އަދި ހިކިމަސް އުފެއްދުމަށް ބޭނުންކުރަމުން އަންނަ މަސްވެރިކަމުގެ މުހިންމު އަސާސެކެވެ. ދުމަށީގައި ހިއްކައިގެން މާރކެޓަށް ނެރޭ ކަނޑުމަހަކީ ރާއްޖޭގެ ލުއިކާނާގައި އެކުލެވޭ އެންމެ އަސާސީ ބާވަތްވެސްމެއެވެ. އެހެންކަމުން، މި ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ދުމަށި މިއީ އީކޮމާރސް ޕްލެޓްފޯމެއްގެ އިތުރުން ދިވެހިންގެ ބަދިގެއިން ނެރޭ ދިވެހި އުފެއްދުން ދުނިޔެއަށް ދައްކައިދޭ ޒަމާނީ ވަސީލަތްވެސްމެއެވެ.

ކަނޑުގެ ރަހަތަކާއި ދިވެހި ސަގާފަތް ބައްދަލުވާ ތަން - އީދުމަށި!

"އީދުމަށި" އަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައި.ޕީ.އެން.އެލް އެފް- މޯލްޑިވްސް) އިން އިސްނަގައިގެން, ޔޫ.އެން.ޑީ.ޕީ ގެ އޯޝަން އިނޮވޭޝަން ޗެލެންޖްގެ އެހީގައި ރާއްޖޭގެ މަސްވެރިކަމުގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްގެން 2023 ގައި ލޯންޗްކޮށްގެން ހިންގާ އީ-ކޮމާސް ޕްލެޓްފޯމެކެވެ.

އުފައްދާ ފަރާތްތަކަށް

ރަށުގައި ތިބެގެން އުފައްދާ ތަކެތި އޮންލައިންކޮށް ވިއްކޭނެ
ވިޔަފާރީގެ ހިސާބު ކިތާބު ސައްހަކޮށް ބެލެހެއްޓުމަށް
އޯޑަރު ތަކުގެ ނޯޓިފިކޭޝަން ވަގުތުން ފޯނަށް

އުފައްދާ ފަރާތްތަކުގެ އެޕް ޑައުންލޯޑު ކުރައްވާ

ގަންނަ ފަރާތްތަކަށް

ދިވެހި އަދި އެންމެ ދިވެހިވަންތަ އުފެއްދުންތައް
މަހުގެ އުފެއްދުންތައް އޮންލައިންކޮށް ގަނެލުމަށް
ދިވެހި އަންހެނުންގެ އުފެއްދުންތައް އެންމެ ކޮލިޓީ އަދި ތާޒާކޮށް

އުފައްދާ ފަރާތްތަކުގެ އެޕް ޑައުންލޯޑު ކުރައްވާ