އީދުމަށި އަކީ ކޮބާ؟

މި ޕްލެޓްފޯމަކީ މިހާތަނަށް ރާއްޖޭގައި ދިވެހިބަހުން ނެރެފައިވާ ފުރަތަމަ އީކޮމާސް ޕްލެޓްފޯމެވެ.

އުފައްދާ ފަރާތްތަކުގެ އެޕް ޑައުންލޯޑު ކުރައްވާ

"އީދުމަށި" އަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައި.ޕީ.އެން.އެލް އެފް- މޯލްޑިވްސް) އިން އިސްނަގައިގެން, ޔޫ.އެން.ޑީ.ޕީ ގެ އޯޝަން އިނޮވޭޝަން ޗެލެންޖް އެހީގައި ރާއްޖޭގެ މަސްވެރިކަމުގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްގެން 2023 ގައި ލޯންޗްކޮށްގެން ހިންގާ އީ-ކޮމާސް ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމަކީ މިހާތަނަށް އީކޮމާސް ޕްލެޓްފޯމެއްގައި އެއްކޮށް ދިވެހިބަހުން ހިމެނޭ ވާރޝަން އަކާއިއެކު ރާއްޖޭގައި ނެރެފައިވާ ފުރަތަމަ އީކޮމާސް ޕްލެޓްފޯމެވެ. ރާއްޖޭގެ އަންހެނުން އުފައްދާ މަހުގެ ބާވަތްތައް އަދި އެހެނިހެން ކާބޯތަކެތި ފަސޭހައިން ދުރު މާރކެޓް ތަކަށް ފޯރުކޮށް އެތަކެތި ވިއްކައިގެން ލިބޭ އިގްތިޞާދީ ނަފާ އިތުރުކުރުމުގައި މަގްސަދުގައި ނެރުނު، އީދުމަށީގެ ދިވެހިބަހުގެ ވާރޝަން މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށް އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް ދިމާވާ ގޮންޖެހުންތައް ނައްތާލެވި، ޑިޖިޓަލް ޓްރޭޑުގެ އެހީގައި ލިބޭ ފައިދާތައް މި އުފެއްދުންތެރިންނަށް ލިބިގެންދެއެވެ.

edhumashi
edhumashi
edhumashi

މަސްހިއްކުމަށް ދިވެހިން ބޭނުންކުރާ ދުމަށްޓަކީ ޒަމާނުއްސުރެ ވަޅޯ އަދި ހިކިމަސް އުފެއްދުމަށް ބޭނުންކުރަމުން އަންނަ މަސްވެރިކަމުގެ މުހިންމު އަސާސެކެވެ. ދުމަށީގައި ހިއްކައިގެން މާރކެޓަށް ނެރޭ ކަނޑުމަހަކީ ރާއްޖޭގެ ލުއިކާނާގައި އެކުލެވޭ އެންމެ އަސާސީ ބާވަތްވެސްމެއެވެ. އެހެންކަމުން، މި ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ދުމަށި މިއީ އީކޮމާރސް ޕްލެޓްފޯމެއްގެ އިތުރުން ދިވެހިންގެ ބަދިގެއިން ނެރޭ ދިވެހި އުފެއްދުން ދުނިޔެއަށް ދައްކައިދޭ ޒަމާނީ ވަސީލަތްވެސްމެއެވެ.